navLogo

ބޯކޮށް ވާރޭ ވެހި މާލޭގެ ގިނަ ސަރަޙައްދުތަކެއް ފެން ބޮޑުވެ، އެމްއެންޑީއެފް އިން ފެންހިންދުމުގެ މަސައްކަތް ފަށައިފި

ބޯކޮށް ވާރޭ ވެހި މާލޭގެ ގިނަ ސަރަޙައްދުތަކެއް ފެން ބޮޑުވެ، އެމްއެންޑީއެފް އިން ފެންހިންދުމުގެ މަސައްކަތް ފަށައިފި
mndf
މަރިޔަމް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެއަށް ބޯކޮށް ވާރޭ ވެހި، މާލޭގެ މަގުތަކުގައި ފެންބޮޑުވެ ގެތަކަށް ފެންވަމުންދާތީ، އެމްއެންޑީއެފް އިން ފެންހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި މާލޭގެ ހަތް ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިނދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. "ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވެ ގެތަކަށް ފެންވަންނަމުންދާތީ ފެންހިންދުމާއި ވެލިބަސްތާ ޖެހުމުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުގެ ސިފައިން ހަރަކާތްތެރިވާން ފަށައިފި،" އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގަ މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ބޯކޮށް ވާރޭ ވެހި މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އުތުރުގެ އަތޮޅުތަކަށް ދެތިން ދުވަސްތެރޭ ވިއްސާރަ އަލިވި ނަމަވެސް މެދު ރާއްޖެތެރޭ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

މެޓުން ވަނީ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަަމަށް ލަފާކޮށް ޅ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ. މެޓުން މި ރީނދޫ ސަމާލު ނެރެފައި ވަނީ މިއަދު މެންދުރުފަހު 14:30 އިން ފެށިގެން ހަވީރު 18:30 އާ ހަމައަށެވެ.

Rate this article

Leave a Comment

Comments (0)